ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) އަށް ތާއިދުކުރަން ޖުމްހޫރީ ގުޅުމުގައި ހިމެނޭ ހުރިހާ ޕާޓީއަކުންް އިއްޔެ ނިންމުމާއި ގުޅިގެން ޔާމީނު ގުޑުގުޑު އަޅައިފިކަމުގެ ޚަބަރު ލިބިއްޖެއެވެ. މައުލުމާތު ލިބިފަވާ ގޮތުގައި މިޚަބަރު ތުންތުން މަތިން އަޑުއިވުމާއިއެކު އަވަސްއަރުވާލައްވައިގެން ތަންތަނަށް ގުޅުއްވާ، ނޫސްތަކުގަ މިޚަބަރު ޖަހައިފިތޯ ބައްލަވާ ހެއްދެވި ކަމަށް ވެއެވެ. ޔާމީން އަކީ މިފަހަރު މައުމޫނަށް އިންތިޚާބު ކާމިޔާބު ވެއްޖެ ނަމަ ދައުލަތުގެ ޚަޒާނާއާއި، ވިޔަފާރިއާއި އިގުތިޞާދުގެ ދާއިރާގެ ހުރިހާ ވުޒާރާތަކެއް އޭނާގެ ޕީޕަލް އެލަޔަންސްއަށް ދެއްވަން ޑީ.އާރު.ޕީ- ޕީއޭ އިއްތިހާދުގެ އެގްރީމެންޓުގައި މައުމޫނު އެއްބަސްވެފައިވާ ބޭފުޅާ އަދި މައުމޫނުގެ އެއްބަފާ ކޮއްކޯފުޅެވެ..
ޖުމްހޫރީ ޕާޓީއިން ޑރ.ހުސެއިން ރަޝީދު ހަސަން ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ދެވަނަބުރުގައި އަންނިއަށް ތާއިދުކުރާގޮތަށް ނިންމީ، ރާއްޖޭގައި މިހާރުއޮތް 30 އަހަރުގެ ޚުދުމުޚުތާރު ވެރިކަމަށް ނިމުމެއްގެނަސް، ރާއްޖޭގައި ޤައުމީ އެއްބައިވަންތަކަމުގެ ގުޅުމެއް އުފެއްދުމަށް ކަމުގައެވެ..
ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިޚާބުގެ ދެވަނަބުރުގައި އަންނިއަށް ތާއިދުކުރަން ނިންމީ ރާއްޖޭގައި މިހާރުއޮތް 30 އަހަރުގެ ޚުދުމުޚުތާރު ވެރިކަމަށް ނިމުން ގެނަސް، ޤައުމީ އެއްބައިވަންތަކަމުގެ ގުޅުމެއް އުފެއްދުމަށް ކަމަށާއި، އެންމެން އެއްބައިވެގެން މިކަންކުރަން އުޅުނިއްޔާ އަޅުގަނޑުމެންނަށް މިކަންވާނެކަން ހަމަޔަޤީނ ކަމުގައި އެޕާޓީއިން ވިދާޅުވެފައިވެއެވެ.
ޖުމްހޫރީ ޕާޓީގެ މި ނިންމުންް ރަސްމީގޮތުން މިރޭ އިޢްލާން ކުރައްވާނެއެވެ. މިކަން އިޢްލާން ކުރެއްވުމަށްޓަކައި 21.00 ގައި އާޓިފިޝަލް ބީޗްގައި އެއްވުމެއް ބާއްވަވާނެކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަބުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) އަށް ތާޢިދުކުރައްވާނެކަމަށް އަމިއްލަގޮތުން ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ޑރ.ހަސަން ސަޢީދު އާއިި ސޯޝަލް ލިބަރަލް ޕާޓީގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި އިބްރާހިމް އިސްމާއިލް (އިބްރާ) ވެސް އަނީ އިޢުލާން ކުރައްވާފައެވެ.ެ

No comments:
Post a Comment