
ތޫނު އެއްޗަކުން ނުވަތަ އެނޫން އެއްޗަކުން ވިޔަސް އެނޫންވެސް އިންސާނަކު ތިމާގެ އަޙް އިންސާނާއަށް ޙަމަލާދީ ގެއްލުން ދިނުމަކީ ދުވަހަކުވެސް އެއްވެސް ދިވެހި ދަރިޔަކު ތާއިދުކުރަނެ ކަމެއްނޫން.
ނަމަވެސް 8 ޖެނުއަރީ ދުވަހު ހިނގާދިޔަ ޙާދިސާއަކީ އެއިން އިބްރަތްތަކެއް ލިބިގަންނަންވީ މުހިންމު މުނާސަބާއެއް. ތިމާފަދަ ތިމާގެ އަޙް އިންސާނާ ތިމާއަށް ގެއްލުމެއް ދޭން މަސައްކަތް ކޮށްފައި އެވަނީ ކީއްވެގެންތޯ ވިސްނަން އެބަޖެހޭ. ކަނޑައެޅިގެން އެނގޭކަމަކީ ، ތިމާއަށް އަނެކާގެ ޙައްޤަށް އަރައިގަނެވި އަނެކާއަށް ތިމާ އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާނުކުރެވި އަނެކާގެ މައްޗަށް ޙަރާންކޯރުވުމުން ޙައްދުފަހަނައަޅައި ދާނެކަން.
މި ދަނޑިވަޅަކީ މިކަމާމެދު ވިސްނާ ފިކުރުކުރަންވި ވަގުތު ، މިއީ ތިމާއަށް އަރައިގަނެވިފައިވާ އެހެން މީހުންގެ ޙައްގުތަކަށް އިއުތިރާފްވެ މަޢާފަށް އެދެންވީ ދަނޑިވަޅު.