Monday, October 1, 2007

Medhovathi - Coffee Meyzumathi


ހައްތާވެސް ބޯގަޅިންނެވެ!


ހަމަކަށަވަރުން ކޮންމެ ޤަބީލާއެއެގެ ތެރެގައިވެސް ގެއްލި ހަލާކުވެގެންވާމީހުންތަކެއްވެއެވެ. މީގެތެއިން އެއްބަޔަކު އަނެއްބަޔަކަށް ބުނާނެތެވެ. ކަލޭމެން ތިބީ އެއްވެސް ގޮތެއްގެ މަތީގައެއްނޫނެވެ. އެއިރު މިބޯގަޅިންގެ ތެރޭގައި ލޭބޯ އީޑީސް މަދިރިއެއްފަދަ ވިހަގަދަ ވައިރަސް ފަތުރާ ދެބޯގެރި ޖަރާސީމުތަކެއްފާޅުވާނެތެވެ. މި ގެރިތައް ސެޓަލައިޓް މެދުވެރިކޮށް ޖަރާސީމު އެކި ގުނަވަންތަކަށް އެކިވަރުވަރަށް ފަތުރާ ހަދާ އުޅޭނުއެވެ.

އަދި ބޯގަޅިންގެ ތެރޭގައި އަމާންކަމާއި ސުލްހަމަސަލަސްކަން ފެތުރުނު ހިނދެއްވިއެވެ. އެހިނދު އުފަލާއެކީގައި އެއް ބޯގަޅި އަކަށް އަނެއް އަނެއް ބޯގަޅި އަކަށް ވާގިވެތިވެ އުޅޭނޫއެވެ. މިކަން ވެގެންދާހުށީ މިއީޑީސް މަދިރިތަކަށްވާ ކަރުކެހުމެއް ކަމުގައެވެ އާދޭހެވެ. މިކަމުގެ ހިތާމާގައި ގިސްލަގިސްލާ އުޅުނު އީޑީސް މަދިރިއަކަށް ބޯގަޅިންގެ ވާގިވެރިކަމާއެކީގައި މޭވާއަޅައި، ދޮންވެ ފައްކާވެފައިވާ ބޯގަޅި ބަގީޗާތަކެއް ދެއްކޭ ހުއްޓެވެ. އެހިނދު މިއީޑީސްމަދިރި އެއުރެންގެ ހާލު ކަރުކެހުން ހަނދާންނެތި، ބަގީޗާތެރޭގައި ވިއްސި ވިހާލިވެ މަގު އޮޅިދެއެވެ
އެހިނދު، އެމަދިރިތަކާ ދިމާލަށް އިނގިލި ތަކުގެ ކޮޅު ލެނބިގެންދާހުއްޓެވެ. އެއްބޯގަޅި އަކު އަނެއް ބޯގަޅިއަކާދިމާލަށް ބުނާނެތެވެ. އެބައިމީހުންގެ ތެރޭގައިވަނީ 5 ބޯގަޅިއެވެ. އަދި ދެބޯގެރިއާކާއި އެކީ މުޅި އެކު ހަތްބޯގަޅިންނެވެ. އަނެއްބަޔަކު ދަންނަވާނެތެވެ. އެމީހުންގެ ތެރޭގައި ބައިއަތުހިފިފައިވާ ޖަމަޢާތްތަކެއް ވެއެވެ. އެހެންނަމަވެސް ދަންނާށެވެ. އެނގޭހުށީ ކާކަށް ހެއްޔެވެ. އެނގުނަސް ނޭނގުސް ތިންދެގުނަން ބާރައޭ ބުނާ މީހުންފަދައިން މިއެންމެން ވާހުށީ ގުނަކުރާ ނަވަތަ ދަސްނުކުރާ ބޯގަޅިން ކަމުގައެވެ.

ހަނދާންކުރާށެވެ ހެއްލުމަކީ ގެއްލުމެކެވެ. ހެއްލުމާއި ގެއްލުމުގެ ތަފާތު އެނގޭހުށީ ހެއްލުމަށް ފަހުގައެވެ. ދެންފަހެ އެމަދިރިތަށް ބުނާނެއެވެ. ގެއްލުމެއްގެ ތެރޭގައިވަނީ އެނުކުޅެދުންތެރި ފިކުރުވަލުންނެވެ. ފަހެ އޭގެތެރޭގައި ޑރ.ޕޮއްޕަޑު މޮއްކުރުޑީޑީ ހުއްޓަސް ވަރިހަމައެވެ. ހަމަހިލާ އެނގޭހުށީ ކާކަށް ހެއްޔެވެ. އެނގުނަސް ނޭނގުނަސް އެހިނދު މެދޮވަތިން އަޑެއް އިވޭނެތެވެ. މިއާ އެކީ ގެރީގެ ނިގޫފަދައިން މިއީޑީސް މަދިރިތަށް ލެނބިގެން ދާހުއްޓެވެ. އެއާއި އެކު ޕޮއްޕަޑު އަކީ ޣައްދާރެކޭ، މޮއްކުރުޑީޑީ އަކީ ޖައްބާރެކޭ ބުނެ ބައިބަޔަށް ބެހި އެކަކު އަނެކަކަށް ލާނެއް ގޮވާނެއޫއެވެ. ހުރިހަލާކެއްގެ ބޮޑުކަމާއެވެ މިއުރެން އެންމެން ވާހުށީ ޤުރުބާންތަކެއް ޤަބޫލުވުމެއް ނެތް، ނުކިޔަމަންތެރި، އަބަދުގެ އަބަދަށް މަގުފުރެދިގެންވާ ނިކަމެތި
ބޯގަޅިންތަކެއް ކަމުގައެވެ.