Saturday, September 29, 2007

Medhovathi - Proud to be Reformist


އެންޑީ ނުދަންނަނީ ކާކު؟


ފުވައްމުލަކު ދަޑިމަގު/ޑޭޒީ އަހުމަދު ނަޖާހު އޭ ދެންނެވުމުން މީ ކޮންބޭފުޅުއްކަން ފަހަރެއްގައި ތިޔަ ލޮބުވެތި ރައްޔިތުންނައް ނޭގި ހިގައިދާނެއެވެ. ނަމަވެސް އެންޑީ (އަހުމަދު ނަޖާހު ޑޭޒީ ) މި ލަފްޒު އިވޭ ކުޑަކުއްޖަކައްވިޔަސް ނޫނީ މުސްކުޅި އަކަށްވިޔަސް ނޭގި ނުދާނެއެވެ. ސަބަބަކައް ވެފައިވަނީ އެންޑީ އަކީ ފުވައްމުލަކު ރައްޔިތުންގެ މަގުބޫލުކަން ހޯދާފައިވާ ހަރުދަނާ އިހުލާސްތެރި ބޭފުޅަކައްވާތީއެވެ. އެންޑީ އަކީ ކޮންމެފަދަ ކަމަކާ ކުރިމަތިލާންވިޔަސް ފަސްނުޖެހޭ ހީވާގި މުރާލި އަދި އަޅުގަނޑުމެންގެ ޔަންގު ޖެނެރޭޝަންގެ ތާއިދު ހޯދާފައިވާ ފުވައްމުލަކު ބަތަލެކެވެ. ރައްޔިތުންނޭވެ! ވިސްނަވާ ބައްލަވާށެވެ! މި ފަހަކައް އައިސް ފުވައްމުލަކު ގިނަ ރައްޔިތުން އެއްއަޑަކުން އެއްނަމަކުން ފަހުރުވެރިކަމާއެކު ކިޔާ ނަމަކައް އެންޑީ އޭބުނުމުން ފުވައްމުލަކު އެހެން ރައްޔިތުންނައް ވެވޭ ބޭއިންސާފެކޭ އަޅުގަނޑެއް ނުދަންނަވާނަމެވެ! ރައްޔިތުންނޭވެ! ސިޔާސީ ދާއިރާއަށް ބެލިކަމުގައިވީނަމަވެސް އެންޑީ އަކީ ވަރައްބޮޑައް ފާހަގަ ކޮއްލެވޭ ހަރުދަނާ ރީފޯމިސްޓެކެވެ. އެންޑީއަކީ އޯގާތެރި ސަކަ މިޒާޖެއްގެ ފުވައްމުލަކައް އުފަން ލާމަސީލު ހިދުމަތްތެރިއެކެވެ.

އޮނަރަބްލ އެންޑީ އަކީ ފުވައްމުލަކު ރައްޔިތުންގެ މެދުގައި މަގްބޫލް ސިޔާސީ ލީޑަރެކެވެ. އެބޭފުޅާގެ އަގު ވައްޓާލުމަށްޓަކައި ކޮންމެ ބަޔަކު ކިތަންމެ ކަންތައްގަނޑެއް ހިންގިޔަސް، މިއަދު ފުވައްމުލަކު ރައްޔިތުންގެ ކުރިމަތީގައި އޮނަރަބްލް އެންޑީ އަކީ 'ނަންބަރ ވަން ޗޮއިސް'އެވެ

އޮނަރަބްލް އެންޑީ އަކީ ފުވައްމުލަކު ރައްޔިތުންނަށް ޚިދުމަތްކޮށްދެއްވާ ރައްޔިތުންގެ އަޑު އުފުއްލަވައިދެއްވުމަށް ކެނޑިނޭޅި މަސައްކަތްކުރައްވަމުން ގެންދަވާބޭފުޅެކެވެ. އޯގަސްޓް 18 ވަނަ ދުވަހުގެ ރިފަރެންޑަމްވޯޓުގައިވެސް އޮނަރަބްލް އެންޑީ ފުވައްމުލަކު ރައްޔިތުންގެ ހެވާ ލާބަޔަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރައްވާފައެވެ. މިހުރިހާކަމަކީ އެބޭފުޅާގެ ސިޔާސީ މަގްބޫލްކަން ރައްޔިތުންގެ ކުރިމަތީގައި އެތައް ގުނައަކަށް މައްޗަށް ޖެހެން މެދުވެރިވެފައިވާ ކަންތައްތަކެވެ

އޮނަރަބްލް އެންޑީ ގެ މަގްބޫލްކަން ރައްޔިތުންގެ ކުރިމަތީގައި އެތައް ދަރަޖައަކަށް މައްޗަށްދާން ފެށުމުން ވެރިކަމަށް މަރުދަންޖެހޭ ބައިގަނޑުގެ ލަގޮނޑިތަކަށް އެއީ ކެތްކުރެވޭނެ ވަރުގެ ކަމަކަށްނުވިއެވެ. މީގެ ކުރީން ދުވަހަކުވެސް މީހެއްގެ މަގްބޫލްކަން މައްޗަށް ނުދާ މިންވަރަށ އޮނަރަބްލް އެންޑީ ގެ މަގްބޫލްކަން މިވަނީ ފުވައްމުލަކު ރައްޔިތުންގެ ކުރިމަތީގައި މައްޗަށް ގޮސްފައެވެ.




Medhovathi - Gookeyovado special


ނަސްެރުއްލާ އެދުރު ދުޅަ މަނިކުފާނުގެ ޕަރުލަމާނީ ހަޔާތުން ކެމެރާ....



މިއަކީ ޕޮއްޕަޑޭގެ ވާހަކައެއްވެސް ނޫނެވެ. މި އަކީ އެއާޕޯޓް ހަދާ ވާހަކައެއްވެސް ނޫނެވެ. އަދި މި އަކީ ފުވައްމުލަކު ޒުވާނުންގެ މަރުކަޒުން އިންތިޒާމް ކޮއްގެން ބާއްވާ ރީތި އަންހެންކުދިންގެ އިއްފައްތެރިކަން ފޭރިގަންނަން ދަސްކޮއްދޭ ކޯހުގެ ވާހަކަ އެއްވެސް ނޫނެވެ. އަޅުގަނޑު މި ލިޔަނީ މީޑިއާ ސެންޓަރުގެ ތިބޭ ރިވެތި އަންހެން ކުދިންނާއި ، މީހުންގެ އަނބިންގެ ކަރުވަޅު ބަލާ ވާހަކަ އާއި މާ މޮޅު އިންޓަވިއު ތަކެއްގެ ވާހަކައާއި އަދި މީޑިޢާ ސެންޓަރުގައި އުޅޭ އަންހެން ކުދިންގެ ގަޔައް ބޮލައް ނޭފަތައް އަދި ކިއެއްތަ ބަނޑު މައްޗައް އަރަން އުޅޭ އެތަނުގެ ސީނިއަރ ރިޕޯޓަރ އޭނަގެ އަލަތު އަނބި ގޮއްޔެ (މުޅި ރާއްޖެ އަތްފުނާ އަޅާ ތަފާތު ލޯބީގެ ޖާދޫއާއި ތަފާތު ބޫގަލްތަކާއިއެކު މިހާތަނައްވި އަންހެނާ) އަށް އޮޅުވާލައިގެން އޭނާ ކުރާ ކަންތައްތަކުގެ ވާހަކައިގެ ފުރަތަމަ ބާބެވެ.

ދެންއަޅެފަހެ ހައިރާނެއް ނުވާނެތަ،މީނަ ގެންގުޅޭ ކެމެރާއަކީ މާމޮޅު ޖާދުއެއް ހުންނަ ކެމެރާއެކޭ ކިޔާތީ އަޑުއިވެއެވެ. ރައްޔިތުންނޭވެ! ވިސްނާށެވެ! ސަމާލުވާށެވެ! އަދި ފިކުރުވެސް ކުރާށެވެ އަދި ހޭވައްލާ ތައްޔާރުވާށެވެ. މި ކެމެރާގެ ހަގީގަތީކީ އަދި މިހާތަނައް އެއްވެސް މީހަކައް އެނގިފައި އޮތް ހަގީގަތަކައް ނުވާތީ މި ފުރުސަތުގައި މިކެމެރާގެ ބިތުފަންގި ނެގުމަކީ މިވަގުތު އަޅުގަނޑުގެ އެއްމެ އިސްވާޖިބުކަމުގައި ދެކެމެވެ. ރައްޔިތުންނޭވެ! ކެމެރާ އަކީ ފޮޓޯ ނަގަން ގެންގުޅޭ އެއްޗެއްކަން މުޅި ދުނިޔެއާއި އަދި ނާހީދާވެސް ގަބޫލުނު ކުރާނެއެވެ.

ނަސްރުއްލާ އެވެ! އަޑުއަހާށެވެ.! ކަލޭއަކީވެސް ރިވެތި އަދަބު ތަކާއި ސުލޫކު ނޭނގޭވަރުގެ ބުއްބޯ ކުއްޖެއް ނޫނެވެ. ތިމަންނަ އިންނާނެ މީހަކު ވީ ފޯއްމުލަކުންނޭ ކިޔާފައި ކަލޭ މާލޭ އާއި އަދި ކަލޭގެ ރަށުން ގެންނަ ބީރައްޓެހިންނައް ކަލޭ ތިގެންގުޅޭ ޒިނޭ ކެމެރާއިން މި ފޯއްމުލަކު ކުދިންގެ ފޮޓޯތަކާއި އެކުދިންގެ ޕާސަނަލް އިންފޯ ތިޔަ ދެނީ ފޯއްމުލަކުގައި މިތިބީ ތިޅާ ގެންގުޅޭ ނާސިންތައް ކަމައްހީކޮއްގެންހޭވެ. ނަސްރުއްލާއެވެ! އެއްގޮތަކައްވެސް އެހެންހީނުކުރާށެވެ! ކަލެއާ ކަލޭގެ ކައްޓެޅި ގުރޫޕުގެ ހަގީގަތް ނުދަން ކުޑަކުއްޖަކުވެސް މިހާރަކު މިރަށުގައިނެތެވެ. އޭ ދުޅަ އެދުރާއެވެ! އިނޓަވިއުތަކާއި ބެޑްމިންޓަން މުބާރާތް ބޭއްވުމާއި އަދި ރީތީގެ މުބާރަތްތައް ބޭއްވުމަކީ ހަމައެކަނި ހއ.އުލިގަމައް ފޫޅު ކަނޑާފައި ހުރި ދުޅަ އެދުރުއްނާސި ގަނޑައް ލާޒިމުވެގެންވާ ދީީނީ ވާޖިބެއްވެސް ނޫނެވެ! މާމޮޅު މީހަކައްވެގެން ފޯއްމުލަކުގައި ތިބީ ތިމަންނާމެން ބޭނުންގޮތަކައް ހަދަންތިބި ބަޔަކައް ހަދަން ތިޔަ މަސައްކަތްކުރަނީ ހއ.އުލިގަމުން ބޭރު ކޮއްލި ވަރުގެކަމަކާ އަދި މިރަށުން ދިމާނުވެގެންތޯއެވެ! އެހެންނޫނީ ކަލޭގެ ރަހުމަތްތެރި ހއ.އުލިގަމު މޫސަގެ އަނބިމީހާ އެއްކޮއް ހިންގި ލޯބީގެ ފަލްސަފާ މަތިން ހަނދާންނެތުނީމަތޯއެވެ. މިވާހަކަތަކަކީ ފެންމުލި ނާހިދާ އަށް މުޅިން އާވާހަކައެއް ކަމައް އަޅުގަނޑެއް ނުބުނަމެވެ. އެހެންނަމަވެސް މިވާހަކަ އަކީ ހއ. އުލިގަމު ރައްޔިތުން ހިތުން ބިންވަޅު ނެގިފައިވާ ކަސޯޓީއެކެވެ.ނަސްރުއްލާއެވެ! އިސްލާހުވާން އެދޭނަމަ ފުރުސަތު ނަގާނުލާށެވެ!

އަޅުގަނޑު ދުޢާ އަކީ މި އެދުރުއްނާސިގެ ކިބައިން އަޅުގަނޑުމެންގެ ދަރިން ސަލާމަތް ކުރައްވައި މިކަލޭގެ ރައްޓެހިންގެ އަނބިންތައް މިކަލޭގެ ކިބައިން ސަލާމަތްވުމެވެ.