Sunday, September 23, 2007

ުބުއްޅަޑީ މީ ކާކު......؟


މިއުޅޭ ކޭހިގޭ ކުޑަ މާމަކުނަށް ސްކޫލް ކުދިން ދީ ހަރުކުރި " ބުއްޅަޑީ " މިނަމުގެ މާނައާމެދު

ވިސްނާލީ ކިތައް މީހުންބާވައެވެ. ކޮންމެ މީހަކަށްވެސް ލަގަބުތަކަކާއި ނަންތައްދެނީ އޭގައި ފޮރުވިފައިވާ ނޫނީ ފެންނަން އޮންނަ މާނައެއް އޮވެގެންނެވެ. ކޮކްޓެއިލް އިހުސާން ހިތުން " ބުއްޅަޑީ" މި ބަހަކީ ކޭހިގޭ ކުޑަ މާމަކުނަށް ހަމަ އެއްމެ ލާއިގު އައުލާކަންބޮޑު ވެގެންވާ ނަމެކެވެ. ބައެއް މީހުން ބ ުއްޅަޑީގެ ބަދަލުގައި މޮއްކުރު ޑީޑީ ނޫނީ ކޭހިގޭ ކޮއި ހޮއްކޮވެސް ކިޔައެވެ. އެކަމަކު މިހުރިހާ ނަމެއްގެވެސް މަސްދަރަކީ ބުއްޅަޑީކަން ދިވެހި ބަހުގެ ރަދީފުން ކަށަވަރު ކޮށްދެއެވެ.

ބުއްޅަޑީ މިބަހަކީ މައް ދިވެހި ބަހެކެވެ. މިބަސް އުފެދިފައިވަނީ " ބުއް " މިބަހާއި " ޅަ " މިބަހާއި " ޑީ " މިބަސް އެކުވެގެންނެވެ. ދިވެހި ބަހުގައި " ހުނިގޮނޑި" ، " އަނބި މަކުނު" ފަދަ ބަސްތައް ހުރި ގޮތަށް ބަސްތައް ގުޅިގެންނެވެ. ހުނިގޮނޑި މިބަސް އުފެދިފައިވަނީ " ހުނި" މިބަހާއި " ގޮޑި" މިބަސް އެކުވެގެންނެވެ. އަނބި މަކުނު މިބަސް އުފެދިފައިވަނީ " އަނބި" މިބަހާއި " މަކުނު " މިބަސް އެކުވެގެންނެވެ.

" ބުއްޅަޑީ " ކިޔާއިރު ފުރަތަމަ މިއޮންނަ " ބުއް " މިބަހަށް ބަލާލާށެވެ. އެއީ ދިވެހިބަހުން އަންހެނުންގެ އުރަމައްޗެވެ.(ސޮފްޓް ދޯ) ދެވަނަ މާނައަކީ ކުޑަކުދިންގެ ބަހުން ކިރެވެ.

" ބުއްޅަޑީ " ކިޔާއިރު އޮންނަ " ޅަ " މިބަހަކީ ވަރަށް ގިނަ މާނަތައް އޮންނަ ބަހެކެވެ. އޭގެ ތެރޭގައި އޮޑިދޯނި ފަހަރުގެ ވަތުތެރޭގައި އެއްޗެތި ބަހައްޓަން އަޅާ ލަކުޑިފިލާ، އުމުރުން ހަގުވުން، ހިލާ އެއްޗެއް ހެޔޮވަރު ނުވުން ( މިސާލަކަށް މެޓާގަނޑެއް ހަރުނުވެ ޅަވެފައި އޮތުން، ރަނގަޅަށް ވައިގައި ހިފާގޮތަށް އާތިޔާ ފަހަތުން ދުވުން ) ، ވިސްނުން ދެރަވުން، ވައިމަތިން ވިއްސާރަ އަންނަން ކައިރިވުން، ވަކި ޒާތެއްގެ ބޭހެއް ބަނދެގެން ހަށިގަނޑު ޅަ ކުރުން، ތަޖުރިބާ މަދުވުން މިހިރީ މުޅިންވެސް " ޅަ " މިބަހުގެ ދިވެހި މާނަތަކެވެ.

" ބުއްޅަބޭ " މިބަހުގެ " ޑީ " މިބަހުގެ މާނައަކީ ދުވަސްވެ މުސްކުޅިވެފައިވާ ފިރިހެން މީހާ ނުވަތަ އެސިފަ ޖަހާ ފިރިހެނުންނެވެ. ބުއްޅަޑީއަކީ ސޮޑު ގޮތަކަށް ހުންނަ އުމުރާ ނުގުޅޭ ބޭގަޑެއްގެ ސިފަޖަހާ މީހެކެވެ. ބައެއް މީހުން ބުނާގޮތުގައި ތިމާއަށްވުރެ ދުވަސްވެ އަޖޫޖު މުސްކުޅި އަންހެނުންނާ އެޅުނީމާވެސް އެގޮތަށްވެއެވެ.

" ބުއްޅަޑީ " މިބަހުގައި ހިމެނޭ ތިން ބަހަށް ބަލާލާއިރު ބުއްޅަޑީގެ ލަގަބު ދެވިގެން މިއުޅޭ ކޭހިގޭ މޮއްކުރު ޑީޑީ އަށް މިނަމަކީ ވަރަށް ލާއިގު ނަމެއްކަން ޔަގީނެވެ. ބުއްޅަޑީ ގެ ޖުމުލަ މާނައަކީ ބުއްބޯވަރުގެ ތުއްތު ސިކުޑިއެއްގެ ވެރި ވިސްނުންކޮށި ބޭގަޑެވެ. އާދޭހެވެ! ބުއްޅަބޭގެ އަމަލުތައް ހުރީ ހަމަ އެގޮތަށެވެ. ތަޖުރިބާއެއްނެތެވެ. މީހާ ފެންނަނީ އުމުރަށްވުރެ މުސްކުޅި ބޯދާ މީހެއްގެ ގޮތުގައެވެ. ގެންގުޅެނީ އަންޒަމާނަށް ވައިއެރި ޒަމާނުގެ ތިޔަރީތަކެވެ. ޒަމާނަށް ލޯހުޅުވިފައެއް ނެތެވެ. ބުއްޅަބޭގެ މުޅި ހަޔާތަށް ބެއްޔަސް މުޅިންހެންވެސް ކޮށްފައިވަނީ ހޭނުޖެހޭ ތުއްތު ކުދިން ކުރާޒާތުގެ ކަންތައްތަކެވެ. ފުވައްމުލަކު ތުނޑީގައި ޒީނާޒުމެން ގޮވައިގެން ބޮޑުބެރި ނާޗަރަންގީ ދެތިން ކެނައިން ގޮވައިގެންގޮސް ބޭއްވުމަކީ އެއްކަމެކެވެ. ނިމިގެންދިޔަ ބަރުލަމާނީ ކެމްޕޭނުގައިވެސް ޒީނާޒު އާއީ ދެޅައި ޓޮމްއެން ޖެރީ ކުޅުމަކީވެސް އޭގެ ކަމެކެވެ. އިނދެގެން އުޅޭ އަނބިމީހާ ދޫކޮއްލާފައި މަދަރުސާގެ ދަރިވަރުންގެ ނުރުހުމުގައި ކަންތައްކުރަން އުޅޭކަން ފަޅާ އަރާ ރެޑް ހޭންޑުކޮށް ހިފާފައިވާ ބުއްޅަޑީ ޒީނާޒުގެ ވައްގަނޑު އޮތީ އެޅައި އަތުގައޭ ކިޔާ ގޮވާފައިވާ މޮޔަ ގޮވެލި ފަތިންވެސް ބުއްޅަޑީގެ ސިކުޑި ހަމަނޫންކަން އެގެއެވެ. މިކަހަލަ އާލާތުން ސިޔާސީ މީހުންނަށްވެގެން ތެޅި ބޭލުމަށްވުރެ އަމާ ބިއްދޮށަށް އަރާ ނެޕީ ލަޑައިގެން ބުއް ބޯން އޮތުންވެސް މާ ތާހިރުވާނެއެވެ. ބުއްޅަޑީ އޭ އެބުނެވެނީ މި މާނައިގައެވެ.

No comments: