Saturday, September 29, 2007

Medhovathi - Proud to be Reformist


އެންޑީ ނުދަންނަނީ ކާކު؟


ފުވައްމުލަކު ދަޑިމަގު/ޑޭޒީ އަހުމަދު ނަޖާހު އޭ ދެންނެވުމުން މީ ކޮންބޭފުޅުއްކަން ފަހަރެއްގައި ތިޔަ ލޮބުވެތި ރައްޔިތުންނައް ނޭގި ހިގައިދާނެއެވެ. ނަމަވެސް އެންޑީ (އަހުމަދު ނަޖާހު ޑޭޒީ ) މި ލަފްޒު އިވޭ ކުޑަކުއްޖަކައްވިޔަސް ނޫނީ މުސްކުޅި އަކަށްވިޔަސް ނޭގި ނުދާނެއެވެ. ސަބަބަކައް ވެފައިވަނީ އެންޑީ އަކީ ފުވައްމުލަކު ރައްޔިތުންގެ މަގުބޫލުކަން ހޯދާފައިވާ ހަރުދަނާ އިހުލާސްތެރި ބޭފުޅަކައްވާތީއެވެ. އެންޑީ އަކީ ކޮންމެފަދަ ކަމަކާ ކުރިމަތިލާންވިޔަސް ފަސްނުޖެހޭ ހީވާގި މުރާލި އަދި އަޅުގަނޑުމެންގެ ޔަންގު ޖެނެރޭޝަންގެ ތާއިދު ހޯދާފައިވާ ފުވައްމުލަކު ބަތަލެކެވެ. ރައްޔިތުންނޭވެ! ވިސްނަވާ ބައްލަވާށެވެ! މި ފަހަކައް އައިސް ފުވައްމުލަކު ގިނަ ރައްޔިތުން އެއްއަޑަކުން އެއްނަމަކުން ފަހުރުވެރިކަމާއެކު ކިޔާ ނަމަކައް އެންޑީ އޭބުނުމުން ފުވައްމުލަކު އެހެން ރައްޔިތުންނައް ވެވޭ ބޭއިންސާފެކޭ އަޅުގަނޑެއް ނުދަންނަވާނަމެވެ! ރައްޔިތުންނޭވެ! ސިޔާސީ ދާއިރާއަށް ބެލިކަމުގައިވީނަމަވެސް އެންޑީ އަކީ ވަރައްބޮޑައް ފާހަގަ ކޮއްލެވޭ ހަރުދަނާ ރީފޯމިސްޓެކެވެ. އެންޑީއަކީ އޯގާތެރި ސަކަ މިޒާޖެއްގެ ފުވައްމުލަކައް އުފަން ލާމަސީލު ހިދުމަތްތެރިއެކެވެ.

އޮނަރަބްލ އެންޑީ އަކީ ފުވައްމުލަކު ރައްޔިތުންގެ މެދުގައި މަގްބޫލް ސިޔާސީ ލީޑަރެކެވެ. އެބޭފުޅާގެ އަގު ވައްޓާލުމަށްޓަކައި ކޮންމެ ބަޔަކު ކިތަންމެ ކަންތައްގަނޑެއް ހިންގިޔަސް، މިއަދު ފުވައްމުލަކު ރައްޔިތުންގެ ކުރިމަތީގައި އޮނަރަބްލް އެންޑީ އަކީ 'ނަންބަރ ވަން ޗޮއިސް'އެވެ

އޮނަރަބްލް އެންޑީ އަކީ ފުވައްމުލަކު ރައްޔިތުންނަށް ޚިދުމަތްކޮށްދެއްވާ ރައްޔިތުންގެ އަޑު އުފުއްލަވައިދެއްވުމަށް ކެނޑިނޭޅި މަސައްކަތްކުރައްވަމުން ގެންދަވާބޭފުޅެކެވެ. އޯގަސްޓް 18 ވަނަ ދުވަހުގެ ރިފަރެންޑަމްވޯޓުގައިވެސް އޮނަރަބްލް އެންޑީ ފުވައްމުލަކު ރައްޔިތުންގެ ހެވާ ލާބަޔަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރައްވާފައެވެ. މިހުރިހާކަމަކީ އެބޭފުޅާގެ ސިޔާސީ މަގްބޫލްކަން ރައްޔިތުންގެ ކުރިމަތީގައި އެތައް ގުނައަކަށް މައްޗަށް ޖެހެން މެދުވެރިވެފައިވާ ކަންތައްތަކެވެ

އޮނަރަބްލް އެންޑީ ގެ މަގްބޫލްކަން ރައްޔިތުންގެ ކުރިމަތީގައި އެތައް ދަރަޖައަކަށް މައްޗަށްދާން ފެށުމުން ވެރިކަމަށް މަރުދަންޖެހޭ ބައިގަނޑުގެ ލަގޮނޑިތަކަށް އެއީ ކެތްކުރެވޭނެ ވަރުގެ ކަމަކަށްނުވިއެވެ. މީގެ ކުރީން ދުވަހަކުވެސް މީހެއްގެ މަގްބޫލްކަން މައްޗަށް ނުދާ މިންވަރަށ އޮނަރަބްލް އެންޑީ ގެ މަގްބޫލްކަން މިވަނީ ފުވައްމުލަކު ރައްޔިތުންގެ ކުރިމަތީގައި މައްޗަށް ގޮސްފައެވެ.