އެންޓި ކައްޓެޅި އެކްޓިވިސްޓް މޮއްކުރު ޑީޑީ
ކައްޓެޅިސްތާނުގެ އެކި ހިސާބުތަކުގައި ފިކުރު ކިޔާ ވަރަށް ނުރައްކާ ފާޑެއްގެ ބައްޔެއް ފަތުރުވަމުން އެބަދެއެވެ. މިއީ އާދަޔާޚިލާފަށް މަދިރިތަކާއި ތައްމަކުގެ ޒަރިއްޔާއިން އައި ބައްޔެއްނަމަވެސް މިހާރު މިބަލި އަ ކައްޓެޅިސްތާނުގައި ގަސްދުގައި ފަތުރަނީ މޫދިސްކިޔާ އަމިއްލަ ޖަމައަތަކުންނެވެ. މިބަލި އެންމެ ފުރަތަމަ ޖެހުނުކަމަށް ވަނީ އެންޓި ކައްޓެޅި އެކްޓިވިސްޓް މޮއްކުރު ޑީޑީ އަށް ކަމުގައި ވެއެވެ. އަދި މިކަމުގައި މޫދިސްގެ ރޯލް އެންމެ ފުރަތަމަ ކުޅެންމުން އައި މޮއްކުރު ޑީޑީ މިހާރުވަނީ ވަކަރުގޭ ކުދިންނަށް ހުކުރުދުވަހު ނެރުނު ފަތުވާއެއް ފެނިފައި ހިތަށް ބިރުވެރިކަން ވަދެ، ވަގުތީގޮތުނަމަވެސް މިބަލި ފެތުރުވުން ހުއްޓުވާލާފައެވެ. މީނާއަށް މިބަލި ޖެހުނުކަމށްވަނީ މީނާ ކައްޓެޅި ކެއުމާބެހޭގޮތުން މަތީތަޢުލީމު ހާސިލްކުރުމަށް އިރުމަތީ އޭސިއާގެ ސަރަހައްކަމުގައިވާ އަސޭކަރައިން ކަމަށް ކައްޓެޅެ ސިއްޚަތާބެހޭ އެންމެ މައި އިދާރާއިން ނެރުނު ބަޔާނެއް ބުނެއެވެ.
މިބަޔާނުގައި ވަނީ މިބަލި އުފެދުމުގެ އެންމެ މައިގަނޑު ސަބަބަކީ މޮއްކުރު ޑީޑީ ގައިންތާހިރު ނުވުމާއި، ނޭފަތުން ގުޅަހެދުމާއި، ފާރުގަނޑުކޮށްޓުމާއި، ގަޔަށް ދޯލިކުރުމުގެ ސަބަބުން ކައްޓެޅި ރަސްގެފާނު ކޯފާވެ މީނައަށް ހުރި އަޒާބެއްގެ ގޮތުންނެވެ މިޠާއޫން ފޮނުއްވީއެވެ. އަދި އެންމެ ފުރަތަމަ މިބަލީގެ ވައްކެއްކަމުގައިވި މިބުނާ މޮއްކުރު ޑީޑީގެ ކިޑުނީތެރޭގައި މިޖަރާސީމު އޭތީގެ ސައިޓޯޕްލާޒަމް ކުޑަކޮށް މައިޓޮޗެންޑުރިއާ ކިޔާ ފޯމަރުގެއްގެ ފުޅައްބުޑުން ނިކުމެ ޕެޕްޓޯސް އާއި ލައިޕޭސް ކިޔާ ފަލަމަޑިތަކަކާއި އެކުވެ ވަނީ އޭތި ވިހަވެ އިންތިހާއަށް ނުރައްކާތެރިހާލަތަކަށް ގޮސްފައެވެ. މިކަމާއި ގުޅިގެން އަސޭކަރާގައި މިހާރުވެސް ވަނީ ކުއްލި ހާލަތު އިއުލާންކޮށްފައެވެ. އަދި މިބަލި ގަސްތުގައި ފަތުރަން އެންމެ ފުރަތަމަ ފެށީ މޫދިސްކިޔާ އަމިއްލަ ޖަމައަތެއްގެ މަސްސޫލުވެރިޔާ މިކިޔާ މޮއްކުރު ޑީޑީ އެވެ. އެއަށް ފަހު މީނާވަނީ ދަޑިމަގުޕޫރަށް ޑރ. ޕޮއްޕަޑުސިންގް އަށް ބޯޓުދައްކައި، ހައްދައިގެން ގެންގޮސް ހުންނަ ނުލަފާކަމުން ކޮރޮފެސަރު ކޮކްޓެއިލް އިހުސާނުގެ އޮލިގެ ތެރޭގައި މީދާކާފައި އޮތް އުންބެއްގެ ޒަރިއްޔާއިން މިބަލި ޖައްސުވާލާފައެވެ. މިއީ އެންމެން ދަންނަ ޙަޤީގަތެއްވެސް މެއެވެ.
މިބަލި ގަސްދުގައި ޖައްސައި މިހާރު މިދުނިޔެން ދެމިއޮތުމުގެ އާލަމަށް ދަތުރުކޮށްފައި ވާ އިބޫޝަބާޝްގެ ކޮށްކޮ އަބޫ 6ސަނު ބުނީ' އަހަރެންގެ ބޭބޭ، ނުދަރި ނަޓުވަރު ނެތުމުން ލިބުނު ހިތާމައެއްގެ ބޮޑުކަމާއެ، އަހަރެން މިބުނީ، އަހަރެން ދިރިހުއްޓަކައި އެބަޔަކަށް މިކައްޓެޅިސްތާނަކުނެއް ނުފޭބޭނެ'. އެހެން ކަމުން މިފަދަ ފިތުނަވެރިކަމެއް ގަސްދުގައި ކުރާނީ ކިހާ ނުލަފާ، ކިހާ ޖައްބާރު އަދި ޢައްދާރު ޚާއިނުންތަކެއްހެއްޔެވެ. މީގައި ބޭނުންވަނީ ޢިޚްލާސްތެރިކަމެވެ. އަމިއްލަ ނަފްސުގެ ތާހިރުކަމެވެ. މިކަމުގައި ވަރަށް ޤާއިމްވެ ހަރުދަނާވެ ހުރެ ވަރަށްކެރިގެން މިދަންނަވަނީ މިހާރު މިބަލި މިފަތުރާ ކޭލްބަޑު ފަޔާޒާއި އާއި އަލަށް ޖެއްސުވާލައިފައި އެއުޅޭވަކަރުގެ ޕޮރޮފެސަރު މޮއްކުރު ޑީޑީގެ ލޮލަށް ވަރުގަދަ އިލޮށްޓެއް މެނުވީ ނުހެރޭނެތެވެ.
ފަސާދަ ޢާއްމުކުރާށެވެ. ކައްޓެޅިސްތާން ރެފިއުޖީންނަށް ހަދަން ހެއްޔެވެ. ފަހެ މިބައިމީހުންގެ ވިހަގަދަ ނުލަފައި ޖައްބާރުކަން މިހާރު މިގޮސް ހައްދުފަހަނު މިއެޅީއެވެ. އަބުރާބެހެނީ އެވެ. ދޭދޭމީހުންގެ ދޭތެރެޖައްސަނީ އެވެ. ފަހެ މިހެންކަމުން މި މޫދިސް މަދިރިތަށް ކައްޓެޅި ރަސްގެފާނައް އަށް ދައްކާނީ ކޮންމޫނެއް ހެއްޔެވެ. ލިބޭނީ ކޮން ލައްޒަތެއްހެއްޔެވެ. ޤަބޫލުކުރިއަށް ނުކުރިއަސް ވަރިހަމައެވެ. ދުނިޔެވަނީ މިފަދަނުލަފާ ބަގޫޑިބެއްދުންތެރިންގެ ނިމުންދެކެފައެވެ. އަލަށްކޮށް، އެއްފަހަރަކުވެސް ނޫނެވެ. އުފާވެރިކޮށެއްވެސް ނޫނެވެ. އަދޭހެއްޔެވެ. ވަރަށް ހިތިކޮށެވެ. އެހެންޏާ ފަހެ މިސުރުގެ ފިރުއައުނާއި ހާމާނުގެ އިތުރުން ޤާރޫނުގެ ނިމުން އައިގޮތް 'ގޮޅާޓީވީން" ނުދައްކަނީހެވެ. އަޖައިބެއް ނުވޭހެއްޔެވެ؟ ލިބުނީ ކޮން މޮޅެއްހެއްޔެވެ. އޮތީ ކޮން އަރާމެއްހެއްޔެވެ. ފަހެ ހަނދު ބޮޑުވަނީ ހެއްޔެވެ. އިބުރަތެއް ހާސިލެއްވެސް ނުވީހެއްޔެވެ. އާނއެކެވެ ހާސިލްވާނީ ކޯއްޗެއްހެއްޔެވެ. ވައްކަމާއި ވަގެރައިން ޕީ.އެޗް.ޑީ. ކީއްކުރަން ކޮރޮފެސަރު ކޯސްހެދިޔަސް ތަފާތުގޮތެއް މިމީހުންނަކަށް މިނޫނީއެއް ނުވާނެއެވެ. މޫދިސް ވާނީ ހަމަ މޫދިސްއަށެވެ.
No comments:
Post a Comment