Wednesday, September 26, 2007

Medhovathi - Breaking News


ޕޮއްޕަޑޭ ޅޮސް އުނދޯލިން ވެއްޓިއްޖެ.


މަޝްހޫރު ޕޮއްޕަޑޭ އަނެއްކާވެސް ޗޭނު ނައްޓައިގެން ހިގައްޖެއެވެ.މިފަހަރު ކަންތައް ދިމާވި ގޮތަކީ ފެންވަރު އޮޅިގެން ދުވަނިކޮށް އެއްކަލަ ދޮޅުރޯނާ ބޮއްޅަޑީޑީ ޕޮއްޕަޑޭއަށް ނުބައި ލަނޑެއް ދިނީއެވެ.ހަބަރުލިބޭ ގޮތުގައި މިދެމީހުންވެސް ކައިވެނި ކުރަންބޭނުންވަނީ އެއްކުއްޖަކާއި އެވެ.މިކަންތަކާއި އައި ރުޅީގައި ޕޮއްޕަޑޭ ވަނީ އެ އަންހެން ކުއްޖާގެ އާއިލާގެ މީހުން ކައިރީ ބޮއްޅަޑީޑީ އަގު މުޅިން ވައްޓާލައިފައެވެ.އަދި ޕޮއްޕަޑޭ ހީލަތްތެރި މަޅިއެއްގައި ޖެހިގެން ބޮއްޅަޑީޑީ ވަނީ އެއަންހެން ކުއްޖާއަށް ހެއްދެވި ނުހެއްދެވިއަށް ގޮވައިފައެވެ.އެވަގުތު ބޮއްޅަޑީޑީ ހިއްސުތަކުގެ ފިނި ހޫނުމިން ބަރާބަރަށް މަސައްކަތްނުކުރާތީވެ މިއޮތް ހުރިހާ ދުވަހު މޮޔަގެރިއެއްހެން އަވަލައިގެން އުޅުނުކަމެއްވެސް ހަދާނެއްނެތެވެ. ބޮއްޅަޑީޑީ އާއި ޕޮއްޕަޑޭގެ ސިލްސިލާ ޒުވާބުތަކެއް މިހާރުކުރިޔަށްދާ ކަމަށްވެސް ހަބަރުލިބެއެވެ.މިދެމީހުންގެ ފޯރި މިހާ ގަދަވިޔަސް ގޯނި ރޭހުގައި މިހާރު އެއްވަނާގައި އުޅެނީ އަލް ފަޔާޒު ވަލް ކޭބަޑުއެވެ.އަދި މިރޭހުގައި އަލް ފަޔާޒު ވަލް ކޭބަޑުއާއި ވާދަކުރުމަށް ކޮކްޓެއިލް އިހުސާން ވެސް އުޅޭކަމަށް ބައެއް ހަބަރުތައް ލިބެއެވެ.ބޮލުރޮދި ކެނޑިފައި ތިބި މިތިންމީހުން ވާދަކުރާ ރޭހެއްގައި ކާމިޔާބު ލިބޭނެ މީހެއް އެއީ އެއްގޮތަކައްވެސް ލަފާކުރަންވެސް އުނދަގޫ ކަމެކެވެ.މިތިންމީހުންނަކީވެސް އެކަކު އަނެކަކަށް ދޫނުކުރާ ވަރުގެ ތިން ޝަހުސިއްޔަތެވެ.ތަޢުލީމީރޮގުން މަތީ ފާސް ތަކެއް ހޯދައިފައިވާ މި ތިން މީހުން ކިޔެވި ސްކޫލެއް،މަކުތަބެއްގެ ވިޔަސް ބިންގާވެސް މިހާރުނެތެވެ.އިސްކަންދަރު ރަސްގެފާނުގެ ރަސްކަމުގެ ކުރީކޮޅު މިމީހުން ކިޔެވި މަކުތަބު ތަޅާލައި އެތާ ހިކިމިރުސް ދަނޑެއް ހެއްދެވީ ކަމަށްވެސް ތާރީހީ ފުލޯކު ވާހަކަތަކުން ހާމަވެއެވެ.

2 comments:

Unknown said...

aqeystryhwrtehtrh

Anonymous said...

hey u people doing vv fantastic job.thikiya didi men popadeymen thee fuvamulakge halaku.
try to publishing greative fantastic articles.